
ޓެސްޓް ޔޫސާރ - 17 ސެޕްޓެމްބަރު 2026 - 14:46
ދަރަނި ދެއްކުމަކީ އުފާ ފާޅުކުރަންޖެހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ފަރާތުން އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ދައްކާ ހަލާސްކޮށް ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީ އިން ހާމަކުރުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
މީސް މީޑިއާގައި ރައީސް ނަޝީދު ވިދާޅުވީ ޓީ ބިލު ދައްކަން ޖެހުނީ ރޯލް އޯވަރ ނުކުރެވުނީމަ ކަމަށެވެ.
ޓީބިލު ނުވަތަ އިންޑިއާއަށް ދައްކަން އޮތް ލޯނު ދެއްކީ އަތުޖެހުނު ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ، އެކަމުގެ ނަތީޖާއަކީ ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިހާރު ބީއެމްއެލްގައި ޑޮލަރު ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އާއްމުންގެ ޓްރާންސްފަރ ތަކާއި ޓީޓީ ތައްވެސް ޑޮލަރު ނެތުމުގެ ސަބަބުން ހުއްޓިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ،
ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ކުރީ ސަރުކާރުގެ ދަރަނި ރީސްޓްރަކްޗަރ ކޮށް ދިވެހިންނަށް ލުއި ގޮތް ހޯއްދަވާއި ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރަށް އެކަމެއް ނުވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ވަނީ ހައްތާވެސް ބުރަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.